ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ބަދަލު ގެނެސްފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާނުކުރެއްވި ގޮތުގައި، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ގެނެސްފައިވާ ބަދަލަކީ، ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫޙުގެ ބަދަލުގައި އެ ކޮމިޓީއަށް ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ހަމަޖެއްސުމެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ގެނެސްފައިވާ ބަދަލަކީ، ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ހިތަދޫ މެދު ދާއިރާ އަޙްމަދު އަޒާން މަރުޒޫގުގެ ބަދަލުގައި އެ ކޮމެޓީއަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖެއްސުމެވެ.

މީގެ އިތުރުން އެ ކޮމެޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިިލްމީގެ ބަދަލުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ވަނީ ބަދަލުކޮށްފައެވެ.

އެ ކޮމެޓީތަކަށް ބަދަލުގެނައި ވަކި ސަބަބެއް ރިޔާސަތުން ހާމަކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: