ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ މެދުތެރޭގައި ރަސްމާލެއިން ގޯތި ދޫކުރަން ފެށުމަކީ އަމާޒެއް: މުއްތަލިބު

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން، އެ ސަރަޙައްދުގެ ލޭންޑް ޔޫޒް މާސްޓަރ ޕްލޭން ފުރިހަމަކޮށް، އަންނަ 2025 ވަނަ އަހަރުގެ މެދެއްހާ ތަނުގައި ރައްޔިތުންނަށް ބިން ހަވާލުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ކޮންސަލްޓެންސީ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ރަސްމީކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ޕްލޭން ބައްޓަން ކުރެވިގެންދާނީ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ޝަރުތުހަމަވި ރައްޔިތުންނަށް ބިން ދޫކުރެވޭނެ އިންތިޒާމުތަކާއި، މުސްތަގުބަލުގައި އެ ސިޓީގައި ދިރިއުޅޭނެ އާބާދީތަކަށް އަމާޒުކޮށްގެން ހަދާ އުސް ފްލެޓް އިމާރާތްތަކަށް އެކަށޭނަ ޖާގަ ލިބޭނޭހެންކަމަށް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ނިން މާލުމަށްފަހު، އަންނަ އަހަރުގެ މެދުތެރޭގައި ހައްގުވެރިންނާ ގޯތިތައް ހަވާލުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

ރަސްމާލެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ”ސަންގު“ އަށް މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ވަކި އަދަދުތަކަކާއި ކެޓަގަރީތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ގޯތި ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި އެއާއެކު އެ ސަރަޙައްދަކީ ދިގު މުއްދަތަކަށް ގައުމަށް އާމްދަނީ ލިބި، އިގްތިސާދު ކުރިއަރައިގެންދާނެ ވަރުގަދަ މާޙައުލެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މުހިންމު ވިސްނުމެއް ކަމަށް ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ހުރި ބިންތަކަށް މިނިސްޓަރު ވިދާޅުވީ، އަދިވެސް ހިއްކޭނެ ބޮޑެތި ފަޅުތައް އެބަހުރި ކަމަށެވެ. އެގޮތުން ކްރޮސްރޯޑްސްއަށް ވެސް 700 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދީފައިވާކަން ފާހަގަކުރައްވައި، ރަސްމާލެއަކީ އެންމެ ބޮޑު ސަރަހައްދު ނޫން ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް އޮތް ބިން ހުސްވެގެން ނުދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: