ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭލެވެލް ކިޔަވާ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދެން ނިންމައިފި

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭލެވެލް އަދި އޭއެސް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުވުމުގެ ގޮތުން މާލޭ ސަރަހައްދުގެ އޭލެވެލް ކިޔވާ ދަރިވަރުން ސުކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނިންމައިފިއެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ޖުލައި އެކަކުން ފެށިގެން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސްކޫލްތަކެއްގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުން ގޮސްފައިވާއިރު، މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9އިން 12އާއި ހަމައަށް ވަނީ ކިޔަވައިދެމުން ގޮސްފައެވެ. އަދި މާލެ ސިޓީގެ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް މިއޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކިޔަވައިދިނުން ފެށުމަށް ނިންމި ނަމަވެސް ފަހުން ވަނީ އެކަން ބަދަލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން  ބުނެފައިވަނީ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެ މަތީން، އޭލެވެލް އަދި އޭއެސް އިމްތިހާން ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިނިސްޓްރީއިން އެހެން ބުނެފައިވަނީ ކުރިއަށް އޮތް ދެ ހަފްތާ މާލެ ސަރަހައްދުގެ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. އަލަށް ގެނައި ބަދަލުގައި އޭލެވެލްގެ ދަރިވަރުން ސުކޫލަށް ގެންގޮސްގެން ކިޔެވި ނަމަވެސް އެހެން ދަރިވަރުންނަށް ކިޔެވުން ކުރިއަށްދާނީ އޮންލައިން ކޮށެވެ.

ގްރޭޑު 11 އަދި 12 ގެ ކުދިންނަށް ސުކޫލަށް ގެންގޮސްގެން ކިޔަވައިދޭން މިނިސްޓްރީން ނިންމީ މިއަހަރުގެ ތެރޭގައި އިމްތިހާން އޮތުމުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. ކޯވިޑް19އާ ގުޅިގެން މި އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭލެވެލް އިމްތިހާން މި އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރަށް ވަނީ ބަދަލުކޮށްފައެވެ. ވުމާއިއެކު ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނިންމީ އޮކްޓޯބަރ/ނޮވެމްބަރުގެ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރަން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: