ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ހާލަތު ރަނގަޅުވަމުން އަންނާތީ، މަތީ ގްރޭޑްތަކުގެ ކިޔެވުން ފަށަން ނިންމައިފި

މާލޭގެ ހާލަތު ރަނގަޅުވުމުން މީގެ ކުރިން ވެސް ސްކޫލުތަކުގެ ކިޔެވުން ފެށި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ސްކޫލު ދަރިވަރުންގެ ކިޔެވުންތައް ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދިޔަ ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތަކުގެ ކިޔެވުންތައް މެދުކަނޑާލިތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި އޭގެ ފަހުން މާލޭން ވެސް ކޮވިޑުގެ ކޭސްތައް ފެނި ހާލަތު ގޯސްވުމާއި ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކްލާސްތައް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. އަލަށް އާއްމު ކުރި އުސޫލުގައި ވާ ގޮތުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ގްރޭޑު 09 އިން 12 އާއި ދެމެދުގެ ކްލާސްތަކެވެ.

މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކިޔެވުންތައް ފަށަން ނިންމާ އެޑިއުކޭޝަނުން ބުނެފައިވަނީ، މިއީ ސިއްހީ ކަމާއި ބެހޭ އިދާރާތްތަކާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން ނިންމި ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެ ލަފާތަކައި އެއްގޮތަށް އަންނަ އޮކްޓޯބަރު މަހުގެ 04 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9 އިން 12 އަށް ކިޔަވައިދޭނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ސްކޫލްތައް ހުޅުވީ މިދިއަ ޖޫންގަ އެވެ. އެފަހަރު ވެސް ހުޅުވާލީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮޒިޓިވް ކޭސްތައް އިތުރުވެ، ކަންބޮޑުވުންތަކެއް އަންނަން ފެށުމުންނެވެ.

ކޮވިޑުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އަހަރުގެ ބޮޑު ބައެއް އޮންލައިން ކްލާސްތަކައި އެކު ކުރިޔަށްދާއިރު ގިނަ ދަރިވަރުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ގެއްލުނު ފިލާވަޅުތައް ފުރިހަމަކޮށް ދެވަނަ ޓާމު ފަށާނީ އަންނަ ޖެނުއަރީ މަހުގެ 10 އެއްގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިހާރު ނިންމާފައިވާ ގޮތުން އޮގަސްޓު މަހުގެ 10 އެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: