ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން ވައްކަންކޮށް، ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފެއިލް ކޮށްލައިފި: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ލިބުނު ފަންޑުން ވައްކަންކޮށް ސަރުކާރުން ރާއްޖޭގެ އިގްތިސާދު ފެއިލް ކޮށްލައިފި ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ދިވެހި ގައުމު ވިއްކާލަނީ ކަމަށް ބުނެ އިދިކޮޅުން ސަރުކާރުގައި އަޅުވަމުންދަނީ ދޮގު އިލްޒާމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމަކުފާނަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދު ވެގެން ގައުމު ވިއްކާލައި ސުވާލު އުފެދޭ ގޮތަށް އެހެން ގައުމުތަކުން ލޯނު ނަގާފައިވާ ކަމަށެވެ.

”ރާއްޖެ އަކީ ކޮވިޑު ފަންޑުން ވައްކަން ކުރާ ހަމައެކަނި ގައުމު، ވައްކަން ކުރުމަށް ފަހު އެކަން އަޅުވަނީ ޑަބްލިއުއެޗްއޯ ބޮލުގައި، ރާއްޖެ ކަހަލަ ކުޑަ ގައުމަކުން 8000 ކޮވިޑް ކޭސް ފެނުން ބަލައެއް ނުގަނެވޭނެ.“ ސައީދު ވިދާޅުވިއެވެ.

ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވިއްކާލަނީ ކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އިންޑިއާ ދިފާއުކޮށް މިފަހަރުވެސް ޗައިނާއަށް ފާޑު ވިދާޅުވި އެވެ.

އެގޮތުން ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ސަރުކާރުން ”ޑީލް“ ތަކެއް ހަދާފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: