ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފްގެ ރައްދު ޝާހިދުއަށް: ރާއްޖެ އޮންނަ ތަނުގެ ގޮތުން ބޭރުގެ ސަމާލުކަމާއި އެހީތެރިކަން އަބަދުވެސް ލިބޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އޮންނަ ތަނުގެ ގޮތުން ބޭރުގެ ސަމާލުކަމާއި އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޮވިޑް-19ގެ ބަމިމަޑުކަމާ ހެދި ގައުމުތަކުގެ ބޯޑަރުތަަކާއި ގެތަކުގެ ދޮރުތައް ބަންދުކުރަން ޖެހިފައި ވިޔަސްް އެކުވެރި ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުވާކަން ދައްކުވައިދީފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝާހިދުއަށް ރައްދު ދެއްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އޮންނަ ތަނުގެ ގޮތުން ބޭރުގެ ސަމާލުކަމާއި އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށާއި ރާއްޖެއަކީ މި ސަރަހައްދުގެ މެރިޓައިންގެ މައި ލޭނާރު ކަމަށެވެ.

”ހާލާ ދަނޑީގެ ދެކޮޅު ނުބަލަ ހުއްޓާ ގައުމު މިދަނީ އަޅުވެތިވަމުން، ސިޔާސަތު ބަދަލުކުރަން ޖެހޭ.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ޗެކް އިއްޔެ ވަނީ ހަވާލު ކުރައްވާފައެވެ. މި ޗެކާ ރާއްޖޭގެ ފަރާތުން ހަވާލުވެ ލެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.

އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއަށް ދޮރުތައް ބަންދުނުކުރާ ގައުމުތަކުގެ މިސާލެއް ކަމަށާއި އެއީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: