ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި މަސްވެރިއެއްގެ ލޮލަށް އަނެއްކާވެސް ބުޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުޅި ހެރިފައިވަނީ އދ.މަންދޫގެ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ”ކޮންކޯޑް“ ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:06 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް މިދިޔަ މަހުގެ ތެރޭގައި ވެސް ބުޅިއެއް ހެރިފައިވެއެވެ. އެގޮތުން އެފަހަރު ބުޅި ހެރިފައިވަނީ ބ.ކުޑަރިކިލު ”އައިލާ“ ދޯނީގެ އުމުރުން 37 އަހަރުގެ ފިރިހެނެއްގެ ލޮލަށެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 91%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: