ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާއަށް ކިޔަވަންދާ ދަރިވަރުން ކަރަންޓީން ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެލެޝިއާއަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތުގައި ތިބޭ ތަނަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައިފިއެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޮވިޑް19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް މެލޭޝިއާގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅެން ފަށާފައިވާއިރު ސްކޫލު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އެއާއެކު ދަރިވަރުން އަނބުރާ އެ ގައުމަށް ދާން ވަނީ ފަށައިފައެވެ.

މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު އަމަލުކުރަމުުންދާ އެސްއޯޕީގެ ދަށުން އެގައުމަށް ކިޔަވަންދާ އެހެން ގައުމުތަކުގެ ދަރިވަރުން ކަރަންޓީން މުއްދަތަށް އެއްކޮށް ފައިސާ ދައްކަން ޖެހޭނެ ކަމަށާއި ސަބްސިޑީއެއް ފޯރުކޮށް ނުދޭނެ ކަމަށެވެ.

އެ އެސްއޯޕީގެ ދަށުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް(17،390ރ.) ދައްކަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކަރަންޓީން މުއްދަތުގައި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަނަށް 2600 ރިންގިޓް ދައްކަންޖެހޭއިރު، ހޮޓެލް ނުވަތަ ޕަބްލިކް ޓްރެއިނިން އިސްޓިޓިއުޓަށް ދުވާލަކު 150 ރިންގިޓް ދައްކަން ޖެހެއެވެ. ރޫމް ޝެއާ ކުރާނަމަ 50 ރިންގިޓް ދައްކަން ޖެހޭނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ކަރަންޓީން މުއްދަތަށް ފައިސާ ދައްކަން ޖެހޭނީ އެއާޕޯޓުގައި ކަމަށާއި ފައިސާއާ ހަވާލުވާނީ އެގައުމުގެ ހެލްތު މިނިސްޓްރީން ކަމަށެވެ. އަދި ކަރަންޓީން ސްޓޭޝަނަށް ވަދެވޭނީ ފައިސާ ދެއްކުމުން ހަވާލުކުރާ ރިސިޕްޓް ދެއްކުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: