ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ޝައިހް ސަބާހު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވާފައެވެ.
އުމުރުފުޅުން 91 އަހަރުގެ ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ އެމެރިކާ އަށް ވަޑައިގަންނަވަފާއެވެ

