އައްޑޫގައި ކާޅު ގިނަވެ، ދޮންދީނިއަށް ނުރައްކާވާ މައްސަލަ އެންވަޔަރަމެންޓު މިނިސްޓަރު ޑރ. ހުސައިންގެ ރަޝީދު ހަސަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫން ގިނަ އަދަދަކަށް ކާޅު ފެންނާތީ ބައެއް އާއްމު ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ރޮޒައިނާއާއި ސަރުކާރުގެ އިސްވެރިން ޓެގު ކޮށް ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫގެ ދޮންދީނިތަކަށް އެހީވުމަށް ގޮވާލާ ކަމަށެވެ.
އޭނާގެ ޓްވީޓަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެ މައްސަލަ މިނިސްޓަރު ހުސައިންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި މިނިސްޓަރު އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
”ދޮންދީންޔަކީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް. އެ ދޫނިތަކަށް އޮތް މި ނުރައްކަލުން ސަލާމަތް ކުރުމަށް އަވަހަށް މި މައްސަލައަށް ހައްލެއް ހޯދަން ޖެހޭ.“ ރޮޒައިނާ ވިދާޅުވިއެވެ.
I have already brought this issue to the attention of the Environment minister @DrHussainHassan
He said he will find a solution. I will continue to do follow ups on this.
‘Dhon dheeni’ is a protected species and we need to attend to this threat to its existence immediately. https://t.co/nGuaHyNgtc— ???????? ???????????????????????????? ???????????????? ???? (@Roxeyna) September 30, 2020
ދާދި ފަހުން އައްޑޫގައި އުޅޭ ކާޅެއް ދޮންދީނިއަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ކާޅުތައް ދަނީ ދޮންދީނި ހާލިތަކަށް ހަމަލާދީ ކުދި ދޮންދީނި މަރަމުންނެވެ. އަދި ބޮޑެތި ދޮންދީނަށް ހަމަލާދީ އެދޫނިތައްވެސް މަރަމުން އަންނަކަމަށް ބައެއް ރައްޔިތުން ބުނެއެވެ.
އައްޑޫ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކުން ނުފެންނަ ދޮންދީނި އަކީ އެންވައިރަމެންޓު މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.

