ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 މިނެޓް ތެރޭ ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ހެދުމުގެ ހުއްދަ މެޑިޓެކަށް ދީފި

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އަށް ޕޮޒްޓިވްތޯ ބެލުމަށް ކުރާ ޓެސްޓުގެ ނަތީޖާ 15 މިނެޓް ތެރޭގައި ލިބޭ ކޮވިޑް ޓެސްޓް ހެދުމުގެ ހުއްދަ މެޑިޓެކަށް އެޗްޕީއޭއިން ދީފި އެވެ.

މެޑްޓެކްއިން ބުނީ ކޮވިޑް ޖެހިފައިވާކަން ޔަގީންކުރަން އެންޓިޖެން ޓެސްޓު ހަދަން މެޑްޓެކްއިން ގެނެސްފައިވާ އެމެރިކާގެ ”އެބޮޓް“ ބްރޭންޑްގެ ޕެންބިއޯ އެންޓިޖެން ޓެސްޓް ހަދައިގެން 15 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ ކަމަށާއި މިއީ ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ކޮވިޑް ޓެސްޓް ހެދޭ އަދި ބަލި ހުރިކަން ދެނެގަނެވޭ މިންވަރު ކުޑަ ޓެސްޓް ކިޓްކަމަށެވެ.

މެޑްޓެކްއިން އިތުރަށް  ބުނީ އެ ޓެސްޓް ހަދަން ޖެހޭނީ ކޮވިޑްގެ އަލާމާތްތައް ފެންނަތާ ހަތް ދުވަސްތެރޭ ކަމަށެވެ.

އެހެންނަމަވެސް އަލާމަތްތައް ފެންނަތާ ފަސް ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: