ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16 ގެސްޓްހައުސްއެއް މިއަދު ހުޅުވާލަނީ

ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅެމުންދާ ރަށްރަށުގައި އޮޕަރޭޓްކުރަމުންދާ ގެސްޓް ހައުސްތަކުގެ ތެރެއިން 16 ގެސްޓްހައުސްއެއް މިއަދު ހުޅުވާލާނެކަމަަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެފިއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒްމް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ މީހުން ދިރިއުޅެ ރަށްރަށުގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްތަކަށް ހުޅުވާލުމަށް ހުއްދަ ދެނީ ގިނަ ކަންތައްތަކަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން ހުޅުވާލުމަށް ހުއްދަ ދިނުމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ގައިޑްލައިނެއް އެކުލަވާލެވުނުކަން ފާހަގަކުރެއްވިއެވެ.

ރައްޒާން ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ރަށު ފެންވަރުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެކަމަށެވެ. އެގޮތުން ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމްކޮށްފައި ހުރިތޯ ބަލާނެކަމަށް ރައްޒާން ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ ގޮތުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށާއި ކައުންސިލުން މިކަންކަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އެންގުމުން އަދި ގެސްޓްހައުސްތަކުން ވަކި ވަކިން ހުށައަޅައި އެސްއޯޕީތަކަށް ބެލުމަށްފަހު ހުޅުވާލުމަށް ހުއްދަ ދެވިގެންދާނެކަމަށް ރައްޒާން ވިދާޅުވިއެވެ.

ގައިޑްލައިނަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެސްޓްހައުސްތަކުންނާއި ކައުންސިލްތަކާއި ގުޅިގެން ވަކި ވަކިން ބައްލަދުވުންތައް ބާއްވައި އެބޭފުޅުންގެ ސުވާލުތަކަށް ވާނީ ޖަވާބުދީފަ. ގެސްޓްހައުސްތައް ހުޅުވާލުމުން ހަމައެކަނި ގެސްޓްހައުސްތަކަށް ނޫން ވިޔަފާރިވަނީ ނުވަތަ ފައިދާވަނީ. ރަށުގެ މުޅި ލޯކަލް އިކޮނޮމީއަށް ފައިދާކުރޭ

9 ރަށެއްގެ ގެސްޓްހައުސްތައް މިއަދު ހުޅުވާލާނެކަމަށް ރައްޒާން ވިދާޅުވިއެވެ. އެރަށްތަކަކީ ކ.ހުރާ އާއި މާފުށި، ނ ފޮއްދޫ، ތ ގާދިއްފުށި، އއ މަތިވެރި، ވ. ތިނަދޫ، ހދ ހަނިމާދޫ، ށ ނަރުދޫ އަދި ވ ފުލިދޫއެވެ.

މިހާރުވެސް ބައެއް ކަންކަން ފުރިހަމަކުރުމަށް ކައުންސިލުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ލިޔުންތައް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައްޒާން ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ހުއްދަ ދިނުމާއި އެސްްއޯޕީ އެޕްރޫވް ކުރުމުގެ މަރުހަލާކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

އޮގަސްޓް 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން 104 ރިޒޯޓެއް، 3 ހޮޓެލެއް، 116 ސަފާރީއެއް އަދި 35 ޓްރާންސިޓް ހޮޓެލެއް އޮަޕަރޭޓް ކުރަމުންދެއެވެ. މިއީ 29360 އެނދުކަމަށާއި ބޯޑަރު ހުޅުވާލިފަހުން 26،400 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީއިން މައުލޫމާތުދެއެވެ. އޮކްޓޫބަރު މަހު، މިހާތަނަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: