ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަހަށް ހާއްސަކޮށްގެން އެމްއެންޑީއެފުން ލަވަ ސީޑީއެއް ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ތައްޔާރުކޮށް ނެރޭ ”ޤައުމީ ލަވަ އަލްބަމް“ މިއަދު ނެރެފިއެވެ.

މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ ”ތެދުވެރިކަން-ޤައުމިއްޔަތުގެ އަސްލު“ މި ތީމަށެވެ. 2002 ވަނަ އަހަރުން ފެށިގެން އެމް.އެން.ޑީ.އެފުން ނެރެމުން އަންނަ ޤައުމީ ލަވަ ސީޑީގެ މިއީ 19 ވަނަ އަލްބަމެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ޖުމްލަ 08 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައި ވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންކަމަށެވެ. އަދި މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވާފައި ވަނީ އަމީނާ މުފީދު، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު)، ޢަލީ ޖައިޝާން ޢާމިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ޖައުފަރު ޢަބްދުލް ރަޙްމާނު، އަދި މުޙައްމަދު ޢަބުދުލް ޣަނީކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ އަލްބަމްގައިވެސް އެމް.އެން.ޑީ.އެފުން ވަނީ ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކުގެ ލަވަތައް ހިމަނާފައެވެ.

މި އަލްބަމަށް ލަވަކިޔުއްވާފައިވާ ލަވަ ކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބުދުލް ޣަނީ، ސައިނާ، ސަމާ، ޖައިޝާ، ޙުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާޤް، ނާޝިދާ އަޙްމަދު، މަރިޔަމް އުނޫޝާ، އިސްމާޢީލް އައްފާނު، މުޙައްމަދު ޝިއުޒު، ޕ. މުޙައްމަދު މާޙިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން ޢަލީ، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު ޢަނާނާ، ޢާއިޝަތު ޖައިޝާ ވަޙީދު، މުސާ ޠާރިޤު، ޚަދީޖާ މުޙައްމަދު (ރިޒޫ)، މުޙައްމަދު ސުހެއިލް، އަޙްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ )، ޕ. މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް،  އިބްރާހީމް މޫސާ ފިކްރީ، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި އަމްރާ މުޙައްމަދު ޢާމިރު ހިމެނެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު މި އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައްވެސް ވަނީ އެމް.އެން.ޑީ.އެފްގެ އޮފިޝަލް ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑު ކޮށްފައެވެ. މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: