ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންސިލްވޭނިއާއިން ކުރި ހޯއްދަވައި ބައިޑެން ކާމިޔާބީއާ ގާތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންސިލްވޭނިއާ ސްޓޭޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ނަންގަވައިފި އެވެ.

އެންމެ ވާދަވެރިކަން އުފެދުނު ޕެންސެލްވޭނިއާ، ޖޯޖިއާއިންް ބައިޑަން ވަނީ މިއަދު ކުރި ހޯއްދަވައިފައެވެ. މީގެ ކުރިން އެ ދެ ސްޓޭޓްގެ ލީޑް އޮތީ އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެއެވެ.

ޕެންސިލްވޭނިއާގެ ވޯޓު ގުނުން ކުރިއަށްދާތާ ދެ ދުވަސް ވެފައިވާއިރު، ވޯޓު ގުނުމުގެ ކުރީކޮޅު އެ ސްޓޭޓުން ކުރީގައި އުޅުއްވީ ޓްރަމްޕެވެ. ނަމަވެސް 95 ޕަސެންޓް ވޯޓު ގުނުން މިހާރު ނިމިފައިވާއިރު، ބައިޑެން ވަނީ 5،000 ވޯޓުގެ ތަފާތަކުން އެ ސްޓޭޓުން ކުރި ހޯއްދަވާފައެވެ.

ޕެންސިލްވޭނިއާގެ އިތުރުން 16 އިލެކްޓޯރަލް ވޯޓު ހިމެނޭ ޖޯޖިއާގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބައެއް ޓީވީ ނެޓްވޯކްތަކުން ބުނެފައި ވަނީ 11 އިލެކްޓޯރަލް ވޯޓު ހިމެނޭ އެރިޒޯނާގައި ވެސް ލީޑް ނަންގަވާފައި ވަނީ ބައިޑަން އެވެ.

އެލެސްކާ އަދި ނޯތު ކެރޮލައިނާ ސްޓޭޓް އަދިވެސް ލީޑް ކުރައްވަމުން ގެންދަވަނީ ޓްރަމްޕްއެވެ.

ވޯތުތައް ގުނުން އަދިވެސް ކުރިއަށްދާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ބައިޑެން އަށް 253 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: