300 އަށް ވުރެ ގިނަ އިލެކްޓޯރަލް ވޯޓް އާއެކު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެކަމަށް ޑިމޮޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަދި ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން މިއަދު ދެއްވި ތަގުރީރެއްގައި ވިދާޅުވި ޖޯޖިއާ އާއި ޕެންސިލްވޭނިއާ އާއި އެރިޒޯނާ އާއި ނެވާޑާގައި ކުރީގައި އުޅުއްވަނީ އޭނާކަމަށެވެ.
އަދި އެ ސްޓޭޓުތައް ކާމިޔާބު ކުރައްވައިގެން ޖުމްލަ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ވޯޓު ހޯއްދަވާނެ ކަމަށްވެސް ބައިޑެން ވިދާޅިވިއެވެ.
ވޯތުތައް ގުނުން އަދިވެސް ކުރިއަށްދާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ބައިޑެން އަށް 253 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

