ސަރުކާރު ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވުމުން ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު، މަލީހުއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
އިއްޔެ ”ވީމީޑިޔާ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހަށް ފާޑު ވިދާޅުވަމުން ނިހާދު ވިދާޅުވީ ޒިންމާ އަދާނުކުރެވި ފެއިލްވުމުން އެ ބަޔަކާއި ސުވާލުކުރުން އެއީ ރައްޔިތުން ހޮވާފައިތިބި މަންދޫބުންގެ ހައިސިއްޔަތުން މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
”މަޖިލިސްގެ ގާނޫނީ ޒިންމާއާ މެދު ސުވާލު އުފައްދަން މަލީހުގެ ހައިސިއްޔަތަކީ ކޮބާ؟“ ނިހާދު ސުވާލު ކުރެއްވިއެވެ.
Zinmaa adhaa nukurevi fail veema Rayyithun ge mandhoobun Suvaal kuraane! Eiee havaalu vefai vaa qaanoonee zinmaa Eh! Majlis ge Qaanoonee zinmaa aai medhu suvaal ufadhdhan @maleehjamal ge haisiyyath akee kobaa ??? https://t.co/rPdH1zstkD
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 14, 2020
މަލީހު ދެއްކެވި މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް، މަލީހު އެކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.

