ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އުޅޭ މީހުން އަތުން ކޮންޖެޝަން ފީ ނަގަން އުޅޭތީ މުއިއްޒުގެ ފާޑު ކިއުން!

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް އާމްދަނީ ހޯދަން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދުއްވާ އުޅަނދު ފަހަރުތަކުން ”ކޮންޖެޝަން ފީ“ އެއް ނަގަން އުޅޭތީ މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޖެޓުގައި އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި ”ކޮންޖެޝަން ޗާޖު“ގެ ނަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ފައިސާ ނަގަން ހުށަހަޅާފައިވާ ކަމަށެވެ.

”ޓްރެފިކާ ޕާކިންގެ މައްސަލަ ހައްލު ނުވުމަކީ ރައްޔިތުން އިތުރަށް ހަނާކޮށް އިތުރަށް ފަގީރުކޮށް ނިކަމެތިކޮށްލަން ޖެހޭ ސަބަބެއް ނޫން،“ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި ނަގާ ފައިސާއިން ދައުލަތަށް އިތުރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ސަރުކާރުން މި ފީ ނެގުމުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ މާލޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުން ކުރާ ސަރަހައްދަކަށް ވުމުން އެ ކަމުގެ ސަބަބުން މަގުތަކަށް ބާރު ބޮޑުވެ ބައިބޯވުން އިތުރުވާތީ މާލޭ ސަރަަހައްދުގެ ބައިބޯވުން ކުޑަކުރުން ކަމަށް ވެސް ބަޖެޓް ފޮތުގައި ލިޔެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: