ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމުގައި އިންވެސްޓަރުންގެ އެހީ ބޭނުންވޭ: ޒަހާ

ފޮޓޯ: އަވަސް އޮންލައިން--- ފެލިވަރުގެ މަސް ބަންދު ކުރުން ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓުއާރގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓު ކުރާނެ ފަރާތްތައް ބޭނުންވާ ކަމަށާއި، މަސްވެރިނަށް ދާއިރާއިން ރަނގަޅު އަގެއް ލިބިގެންދާނީ އޭގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި، އަދި މަސްވެރިނަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާއިރު ފައިތުވީ ގިނަ އަހަރުތަކުގެ ތެރޭގައި ދާއިރާއަށް މާބޮޑެތި މަސައްކަތްތައް ކުރެވިފައި ނުވެއެވެ.

”ސަންގު ޓީވީ“ އިން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖެއްގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޒަހާ ވިދާޅުވީ މީގެ ކުރިން ބާޒާރުގައި ދޮށީގެ މަސްވެރިކަމަށް އެކަނި ބަލާލިޔަސް އޭރު ބާޒާރުގައި ހުރި އަގަށް ވުރެ ބޮޑުކޮށް މަސް ގަންނަމުން އައީ މިފްކޯއިން ކަމަށެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކަކަށް އެއީ ވާދަވެރި މާހައުލަކަށް ނުވާކަމަށް ޒަހާ ވިދާޅުވިއެވެ. ކޮވިޑުގެ މިހާލަތުގެ ތެރެގައި ދޫކުރެވުނީ ވަރަށް ކުޑަ އަދެއްކަމަށް ޒަހާ ވިދާޅުވިއެވެ. އެއް މާހައުލެއްގައި އެއްގޮތަކަށް މަސައްކަތް ކުރަންޖެހޭއިރު މިއީ ވާދަވެރި މާހައުލަކަށް ނުވާކަމަށް ޒަހާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް މިވީ ދެ އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މިހާރު މިފްކޯގެ ހިންގުމަށް ބަދަލުތަކެއް އައިސް ކުންފުނި ހަރަކާތްތެރިވަމުން އަންނަނީ ބާޒާރަށް އަންނަ ބަދަލުތަކާއި އެކީ މަސްވެރިންނަށް ދޭ އަގު ބަދަލުވަމުން ކަމަށެވެ. އަދި ސްޓޭންޑް އެއް ރޭޓެއް ނުހުންނަ ކަމަށް ޒަހާ ވިދާޅުވިއެވެ.

”2014 ވަނަ އަހަރުއޭ އަޅުގަނޑު ހަނދާން ވަނީ މި ރޭޓަކަށް ވެއްޓުނީ 20 ރުފިޔާއަށް ކިލޯއެއް. އޭރުއްސުރެ އެ ރޭޓުގައި އެ ދަނީ. މިފްކޯއަށް ކިތަންމެވަރަކަށް ގެއްލުން ވިޔަސް ހަމަ އެ ރޭޓުގައި ގަންނަމުން މި ދަނީ. އެހެންވީމަކާ މިފްކޯގެ އެއްވެސް ކަހަލަ ތަރައްގީއެއް ފެނިވަޑައިނުގަންނަވާނެ. މިފްކޯއަކަށް އެ ތަރަގީ ގެނައުމަށް މަސައްކަތެއް ވެސް ނުކުރެވޭނެ.“ ޒަހާ

މީގެ އިތުރުން ޒަހާ ވިދާޅުވީ މިފްކޯގެ ސިޔާސަތުތަކަށް ބަދަލު އައިސް، މަސް ގަންނަމުން ދަނީ ބާޒާރުގައި ހުންނަ އަގެއްގައި ކަމަށެވެ. ޒަހާ ވިދާޅުވީ ހަމަ އަގަކީ ބޭރު ދުނިޔޭގެ ބާޒާރުގައި ވެސް ހުންނަ އަގާއި ބަލާ، އެ މިފްކޯއަށް ވެސް އަދި މަސްވެރިނަށް ވެސް ގެއްލުން ނުލިބި ދެވޭނެ އަގެއް ދެ ފަރާތައް ވެސް ދެވުމުން ކަމަށެވެ.

މިފްކޯވެސް ތަރައްގީ ވާން ޖެހޭކަން ޒަހާގެ ވާހަގައިގައި ފާހަގަ ކުރެއްވިއެވެ. އަދި ސިނާއަތަށް ގެންނަން ޖެހޭ ބޮޑެތި ބަދަލުތަކެއް ގެނެވެނީ މަސްވެރިންނަށްޓަކައި ކަމަށް ޒަހާ ވިދާޅުވިއެވެ. އެގޮތުން ކޫޑޫގެ ވެސް ބަނދަރު ސަރަހައްދު ތަރައްގީ ކުރެވި، މަސް ކިރޭނެ ފަހި މާހައުލެއް އަންނަ އަހަރުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

ފެލިވަރުގައި ދުވާލެއްގެ މައްޗަށް ދަޅަށް އެޅޭވަރު މަދުކަމަށާއި، އެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރިޔަދާކަމަށް ޒަހާގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ތަނަށް ގެނަން ޖެހޭ އުމްރާނީ ތަރައްގީ ވެސް ގެނެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ އޮތީ ހުޅުވާލެފައިވާ މާހައުލެއް ކަމަށާއި، އިންވެސްޓު ކުރާނެ ފަރާތްތައް އެކަމަށް އިންވެސްޓު ކުރުމުން މަސްވެރިންނަށް ވެސް ރަނގަޅު އަގު ލިބޭނެ ކަމަށެވެ. އެއާއި އެކު މިވަގުތު މަސައްކަތް ނުކުރާ ކުންފުނިތަކަށް ވެސް މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޒަހާ ވިދާޅުވީ މަސްވެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި އެކު ކުންފުނިތަކާއި ވާހަކަދައްކާ މަޝްވަރާކޮށްގެން ދަތިތައް ހެއްލު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ މުހިންމު އަދި ބޮޑު އަމާޒަކީ މަސް ތާޒާކަންމަތީ ވިއްކުން ކަމަށާއި، އޭގެ ސަބަބުން މަހަށް ލިބޭ އަގު ވެސް ރަނގަޅުވާނެ ކަމަށް ޒަހާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: