ޓްވިޓާގައި މީހުންނާއި ދިމާލަށް އެއްޗިހި ގޮވުން ހުއްޓާލައި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ޑރ.އިޔާޒަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތާ ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަން ކުރަން ފުރުސަތު ލިބި، ލިބުނު ފުރުސަތުގައި ވައްކަން އާންމުކޮށް އަމިއްލަ ބޭބޭފުޅުން ޖަލަށް ލައި ހިންގެވު ވެރިކަމަކީ ވަރަށް ނާތަހުޒީބު ވެރިކަމެއްކަމަށެވެ. އަދި އޭރު ހިނގި ކަންކަމުގެ ހަގީގަތް އޮޅުވާ ނުލެއްވުމަށް އިޔާޒު ވަނީ ޖަމީލަށް ގޮވާލާފައެވެ.
Gaumu islaah kuran RY ah furusathu libuneema ekan nukoh, muskulhi beybe aai thimaa ah heyo edhey enmen jalah laa, vakkan aanmukoh "Beg borrow or steal" ge siyaasathu fathuran ulhuvveema vee goiy. Hageegaiy olhuvaa nulavvaa ekan gaboolu kuravvaa. Dhogeh tho. @MJameelAhmed
— Dr.Mohamed Iyaz (@dr_iyaz) December 27, 2020
އިޔާޒުގެ މި ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވީ ޖަލުގައި ބަންދުވެފައިވާ މީހަކާއި ދިމާލަށް މިނިވަންކޮށް ހުންނަވާ ބޭފުޅަކު އެއްޗި ގޮވައި ހެދުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އަމަލު އައިބު ކަމެއްކަމަށެވެ.
”ޖަލުގައި ބަންދުވެފައި އޮތް މީހަކާއި ދިމާލަށް މިނިވަން ހާލުގައި ހުރި މީހަކު އެއްޗިހި ގޮވުމަކީ ޖާހިލިއްޔަ ޒަމާނުގެވެސް އައިބު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް. ޓްވިޓާގައި މީހުންނަށް އެއްޗިހި ގޮވުން ހުއްޓަލައި ހެޔޮ އަމަލުތައް ގިނަ ކުރޭ.“ ޝަހީމް ވިދާޅުވިއެވެ.
Jalugai bandhu vefa oy meehakaa dhimaa ah minivan haaluga huri meehaku ehchehi govumaki jaahilliyya zamaanuga ves aybu kameh ge gothugai dhekey kameh. Twitter ga meehunah ehchehi govun huttaalai heyo amaluthah gina kurey. https://t.co/Re7xvqiQnU
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 27, 2020
މިފަހަކަށް އައިސް އިޔާޒު އަންނަީ ސިޔަސީ އެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ޓްވިޓާގައި ރައްދު ދެއްވަމުންނެވެ. ހާއްސަކޮށް އެމްޑީޕީ އާއި ސަރުކާރު ދިފާއުކޮށް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަތަކަށް އިޔާޒު އަންނީ ރައްދު ދެއްވަމުންނެވެ.

