ބ.ގޮއިދޫ މެޖިސްޓްރޭޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.
ނިޝާރުއާ ގުޅޭގޮތުން ބެލުމަށް ނިންމާފައިވަނީ އޭނާ އައްޔަންކޮށްފައިވާ ކޯޓަށް ގަވާއިދުން ނުނިކުންނަވައި އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނިކުންނަވާ ކަމަށް ބުނާ މައްސަލައެކެވެ
އެގޮތުން އެ މައްސަލަ ބެލުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

