ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށްް ސިފައިންގެ އެހީއާއެކު ގއ. ވިލިނގިއްޔަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާދިނުމަށް ވިލިނގިއްޔަށް ގެންދިޔައީ، އެކެފަރު ކަނޑާއި 9 ނޯޓިކަލް މައިލް ދުރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވި “ހުޝިޔާރު” ދޯނީގައި ހުރި 55 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހެނދުނު 9:58 ހާއިރު ކަމަށާއި، ސަދާން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އެމީހާ ވިލިނގިއްޔަށް ގެނެވިފައިވަނީ 11:55 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: