ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާޖަރީ ނިމިއްޖެ، ނަޝީދު ސްޓޭބަލް: އާއިލާ

ރައީސް ނަޝީދު އަދި ކޮއްކޮ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ފުރިހަމަކުރައްވަން ޖެހިވަޑައިގެންނެވި ސާޖަރީތައް ނިމިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.

ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ސާޖަރީތައް ނިމިފައިވާ ކަމަށާއި އަދި ދެން އޮތީ ރިކަވަރީ ކަމަށެވެ.

ނާޒިމްގެ އިތުރުން ނަޝީދުގެ ބޭބެ އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖަރީ މިހާރު ނިމިފައިވާ ކަމަށާއި އިރާދަކުރެއްވީތީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ނަޝީދުގެ އާއިލާ އިން ވަނީ އޭޑީކޭގެ މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފައެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނާއި، އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އިތުރުން ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ…
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: