ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ފައިސާ އަނބުރާ ހޯދޭނެ ކަމާމެދު ޝައްކު: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގައި ހިމެނޭ ރަށްތަކުގެ ހަމަ އަގު ހޯދުމަށް މި ސަރުކާރަށް ކެރޭނެ ކަމާ މެދު ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައެވެ.

ހިޔާނާތުގެ މައްސަލަ ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައިސް އަހުމަދު އަސްއަދު ވިދާޅުވެފައި ވަނީ ރަށްތައް ނުއަގުގައި ވިއްކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 220 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްއެމްޕީއާރްސީ މެދުވެރިކޮށް ތިން މިލިއަން ޑޮލަރުގެ އަގުހުރި ރަށްތަށް ފަސް ލައްކަ ޑޮލަރަށާއި 10 މިލިއަން ޑޮލަރުގެ ރަށްތައް އެއް މިލިއަން ޑޮލަރު ހޯދި މަހުޖަނުންގެ ނަންތައް ރިޕޯޓުގައި އެބަހުރި ކަމަށެވެ.

”އެ މައްސަލަތައް ބަލާ އެ ރަށްތަކުގެ ހަމަ އަގު ހޯދުމަށް ނުވަތަ ރަށްތައް އަނބުރާ ނަގަން މިސަރުކާރަށް ކެރޭނެ ކަމާ ދޭތެރޭ ޝައްކު“ އުޝާމް ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އާންމުކޮށްފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ. އަދި އެ ރިޕޯޓްގެ ޖަދުވަލު 2 ގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ވަކިން ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: