ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓްރެރިސްޓް ހަމަލާއަށް ”ފަންޑުކުރި މީހުން ކޮބާހޭ“ އާއިލާއާއި ހެޔޮ އެދޭ މީހުން ގޮވާތީ ބޮލަށް އުނދަގޫވާ ބަޔަކު އުޅޭކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރި މީހަކު ހޯދަން ގޮވާލާ އެމަނިކުފާނުގެ އާއިލާ އާއި ތާއީދު ކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ.
މިކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބޮޑެތި ޖިނާއީ މައްސަލަ ތަކުގައި މިހާތަނަށް ކޮޅެއްގައި ނުޖެހި ”ހަތަރެސްކަން ހަމަވެފައި“ ވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ގަސްތުގައި އިޙްމާލުވުމުން ކަމަށެވެ.
”ފަންޑުކުރި މީހުން ކޮބައިހޭ އާއިލާއާއި ހެޔޮ އެދޭ މީހުން ގޮވާތީ ބޮލަށް އުނދަގޫވާނެ ކަމެއް ނެތް!” އިންތި
މޭ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅެއްވާ ގެކޮޅު ކައިރިން އައި.އީ.ޑީ ބޮމެއް ގޮށްވާލައިގެން ދިން ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާއިރު އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފޮނުވާފައެވެ. އަދި ޖަރުމަނުގެ ހޮސްޕިޓަލުގައިވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙް، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.
މި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަޑުއުފުލަމުން އަންނައިރު، ކަމާގުޅޭ އިދާރާތަކުން އަދި މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.
ހަމަލާއަށް މަހެއް ވެގެން ދިޔައިރު ވެސް މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭތީ އާއްމުންގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކުކަމަށް ފުލުހުން ބުނެ އެވެ.


2 Responses
އިންތިއަކީ ވަރަށް އަޑުގަދަ ބޭފުޅެއް. އަޑު ގަދަވީމަ ބޮލަށް ވެސް އުނދަގޫވާނެ. ކޮންމެއަކަސް މިހާތަނަށް އަހަރެންނަށް ތިޔަ ހާދިސާ މާނަ ކުރެވެނީ ހަމަ ޑްރާމާ އެއް ގޮތަށް.
ފަންަޑު ކޮއް ރާވާ ތިޔަކަން ހިންގީ އިންޑިއާ ގެ ޜޯ އިން ނަޝީދު އާއި ގުޅިގެން. ދިވެހިރާއްޖޭގައި ހުންނަރޯ ގެ އޮފީހުގެ އެންމެ އިސްމީހަކީ އިންދިއާ އިން ރާއްޖެއަށް ޑިޕިއުޓީ ހައިކޮމިޝަން ގެ ނަމުގައި ފޮނުވާފައި ވާ ރޯ ގެ އެޖެންޓް ތިޔަ ޑްރާ.ަމާ ގެ ދިރެކްޓަރަކީ