ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ގައުމުގެ ކަންކަން އޮތީ އަމާނާތްތެރިންނަށް ދަތި، ހިޔާނާތްތެރިންނަށް ފަހި ގޮތަކަށް: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތްތެރިންނަށް ފަހި އަމާނާތްތެރިންނަށް ދަތި ގައުމަކަށް މި ގައުމުގެ ކަންކަން ހިނގަމުން ދާތީ ކަންބޮޑުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިންތިގެ ވާހަކައިގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހިނގާ ޕީއެންސީއަށް ސުޕަރ މެޖޯރިޓީއެއް ލިބުން ނަމަވެސް މެމްބަރުން މަސައްކަތް ކުރައްވަންވާނީ އިހްލާސްތެރިކަމާއި އެކު ރައްޔިތުންނަށްޓަަކައިކަމަށް ވިދާޅުވިއެވެ. 3 ބާރުވަކިވެފައިވާ ނިޒާމެއްގައި އަނެއްކާވެސް ފެނިގެން މިދިޔައީ 2 ބާރު އެކުވެގެންދާ މަންޒަރުކަމަށް އިންތި ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ހޭދަވި ދުވަސްތަކުން އެނގިގެންދިޔަ އެއް ކަމަކީ ސިޔާސީ އަޒުމެއް ނެތި މަޖިލީހުގެ ކަންކަން ހާސިލް ނުކުރެވޭނެކަމާއި އަދި ހަމަ އެއާއި އެކު ކޮރަޕްޓްވެއްޖެކަމުގައި ވާ ނަމަ މި ގައުމުގެ ބޮޑެތި މައްސަލަތައް ހައްލު ނުކުރެވޭނެކަންކަމަށް އިންތި ވިދާޅުވިއެވެ. އަދި މިއީ އެންމެ ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި މިކަން އިންތި ވަނީ ފާހަގަކުރައްވާފައެވެ. އަންނަ މަޖިލީހުގެ ހުރިހާ މެމްބަރުންނަށްވެސް ކުރަން ބެނުންވާ އިލްތިމާސްއަކީ ހާޒިރީ ރަގަޅު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މެމްބަރުންތަކެއް ފެނުންކަމަށް ވިދާޅުވިއެވެ.

“އެއް ނަޒަރަކުން ބަލާކަމުގައި ވަނީ ނަމަ، މަޖިލީހުގެ ބާރު އަނެއްކާވެސް މިވަނީ 3 ބާރު ވަކިވެފައިވާ ނިޒާމުން ދެ ބާރު އެއްވާ ގޮތް ވެފަ. ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް މެޖޯރިޓީ ލިބުނެއްކަމަކު މަޖިލީހަކީ މިނިވަންކަން ލިބިގެންވާ ތަނަކަށް ހެދުމަށް އިންތިޚާބީ މެމްބަރުންނށް ހަނދާންކޮށްލަދޭން ބޭނުންވޭ. ރައްޔިތުންގެ މަޖިލީހެއް ފަންކްޝަންކުރުމަށް މެމްބަރުން ތިބޭނަމަ ދެ ބާރު އެކެއް ނުކުރެވޭނެ. އެ ފުރުސަތެއް ނުލިބޭނެ. ރަބަރ ސްޓޭމްޕް ޖަހާ ތަނަކަށް ދެން އަންނަ މަޖިލިސް ނުހެދުމަށް އިލްތިމާސްކުރަން.” އިންތި ވިދާޅުވިއެވެ.

19 ވަނަ މަޖިލީހުގައި ހިނގާދިޔަ ނުރައްކާތެރި ހާދިސާތަކާއި ފާއިތުވި 5 އަހަރުގެ ތެރޭގައި ގައުމުގައި ހިނގާފައިވަނިނުައްކާތެރި ހާދިސާތަކާއިމެދު އިންތި ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިފައިން ވައްދާ މަޖިލީހުގެ މެމްބަރުން ބޭރު ކުރުން ފަދަ ނުރައްކާތެރި ކަންކަން މި މަޖިލީހުގައި ހިނގައިދިޔަކަމަށް ވިދާޅުވުއެވެ.

މީގެ އިތުރުން ސުޕްރީމްކޯޓުން މަޖިލީހުގެ ގަވައިދުތަކާއި ބެހުން ފަދަ ނުރައްކާތެރި ކަންކަން ހިނގާފައިވާކަމަށް ވިދާޅުވިއެވެ. ހަމައެއާއި އެކު ކުރީގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުން ބޮމުގެ ހަމަލާ ކުށްވެރިކުރައްވާފައިވެއެވެ.

މަޖިލީހުގެ މަސައްކަތްތަކަށް ވެސް ސަރުކާރުން ބޭނުންވާ އެއްބާރުލުން އޭރުގެ ސަރުކާރުން ދީފައި ނުވާކަން އިންތި ފާހަގަކުރެއްވިއެވެ. އެގޮތުން އިންކުއަރީއަށް ބޭނުންވާ ސިފައިން މަޖިލީހަށް ނުފޮނުވި މައްސަލަ ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

އިމްތިޔާޒް ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން 15 އަހަރު އަދާކޮށް 3 ދައުރު ފުރިހަމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: