ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން މިއަދު ނަން ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމަކީ އިސްމާއިލް ހަބީބް ކަމަށެވެ.
އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރު ކަމަށް މިދިޔަ ޖޫން މަހު ވަނީ ހުޅުވާލާފައެވެ.
ހަބީބު މިއަދު އީސީން ކުރެއްވިއިރު، އޭނާ ވަނީ އެ ކޮމިޝަނުގައި 21 އަހަރު ޚިދުމަތް ކުރައްވާފައެވެ. ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރައްވައި، ހަބީބް އީސީން ވަކިވެވަޑައިގެންނެވި އިރު ގާނޫނުގައިވާ ގޮތުން މެންބަރުކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.
ކޮމިޝަނުގެ ތަރުޖަމާނުކަން ވެސް ކުރެއްވި ހަބީބް ވަނީ ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވައި އީސީގެ އެކި މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާތަކަށް ގިނަ މައުލޫމާތުތައް ދެއްވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ.

