ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމްޑީޕީން ވެރިކަމަށް އަންނަނީ ބައިގަނޑެއް ހެދުމަށްފަހު ތިޖޫރީއާ ދިމާއަށް“

ރައްޔިތުންގެ މަޖިލީހުގެ މަޑަވެެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ވެރިކަމަށް އަންނަނީ ބައިގަނޑެއް ހެދުމަށްފަހު ތިޖޫރީއާ ދިމާއަށް ކަމަށެވެ. އަދި އެ ޕާޓީން ވެރިކަމަށް އަންނަނީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް ޚިދުމަތެއް ދޭން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝަމީޒް ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއަރުވާ ހަރުދަނާ ކުރުމަށް މިދިޔަ ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުން އަޅުގަނޑުމެންނަށް ދައްކަބަލަ ތިމަންނަމެން ކޮށްފަހުރި އެންމެ ޕްރޮޖެކްޓެއް. ރަށެއްގެ ބަނދަރުގަ ހިލަ އެއްޗެހި ނުޖަހާ ވާހަކައެއް ނޫން. ރަށަކަށް އެކްސްކެވޭޓަރެއް ގެންގޮސްގެން ނުކޮންނަ ވާހަކައެއް ނޫން. މިއީ ޕްރޮޖެކްޓުތަކެއް ނޫން. އިގްތިސާދީ ޕްރޮޖެކްޓެއް ދައްކާލަބަލަ. އެންމެ ޕްރޮޖެކްޓެއް ދައްކާލަބަލަ. 60 މިލިއަން.

ޝަމީޒް ވިދާޅުވީ 40 އަހަރު ނެގި ލޯނަށް ވުރެ ބޮޑު ލޯނެއް ނަގައިގެން ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ނުދެއްކޭނެ ކަމަށެވެ. އޭނާ ވަނީ ތަކުރާރުކޮށް އެމްޑީޕީ ސަރުކާރުން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވާފައެވެ.

އެމްޑީޕީން އަބަދުވެސް ވެރިކަމަށް އަންނަނީ މަރުވެފައިވާ މީހެއްގެ ވާހަކަ ރައްޔިތުންގާތުން ދައްކައިގެން ކަމަށާ ވެރިކަމަށް އާދެވިފައިވަނީ ކޮންމެ ފަހަރަކުވެސް ބޮޑެތި ދޮގާ އޮޅުވާލުމާ މަކަރުން ކަމަށް ޝަމީޒް ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ކޮންމެވެސް ’ލޮޓިއެއް‘ ދޭ ކަމަށެވެ.

އެގޮތުން ފުރަތަމަ ފަހަރު ވެރިކަމުން ފޭބީ ރައްޔިތުންގެ ގެދޮރާ ދައުލަތް އަންދާ އަޅިއަށް ހެދުމަށްފަހު ކަމަށާ މިފަހަރު ވެރިކަމުން ފޭބީ މުޅި ދައުލަތް ލޫޓުވާލުމަށްފަހުގައި ކަމަށް ޝަމީޒް ވިދާޅުވިއެވެ. އަދި ހުރިހާ ކުންފުނިތައް ބަނގުރޫޓު ކޮށްލާފައިވާއިރު ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ޚިލާފަށް ޕީޕީއެމް ވެރިކަމަށް އައުމުން ކަންތައްތަކެއް ރައްޔިތުންނަށް ފެނިގެންދާ ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ބްރިޖާ ހޮސްޕިޓަލު ވެސް ރައްޔިތުންނަށް ފެންނަ ކަމަށެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: