ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއަން ހައިކޮމިޝަން ސަރަހައްދުގައި ޕާކު ނުކުރެވޭ ގޮތް ހެދީ ސަރުކާރުން އަންގައިގެން!

އިންޑިއާގެ އެންބަސީ ކައިރީ ވެހިކަލްތައް ޕާކު ނުކުރެވޭ ގޮތް ހެދުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލާމަތީ ސަބަބުތަކަށްޓަކައި، ވެލާނާގެ ކުރިމައްޗަށް ވާގޮތަށް އަމީރު އަހުމަދު މަގުގައި ހިމެނޭ ޕާކިން ޒޯން ހުސްކޮށްފައިވަނީ ސަރުކާރުން އަންގައިގެންކަން ހާމަވެއްޖެ އެވެ.

ޕާކިން ޒޯނު ހުސްކުރަން އަންގާފައިވަނީ ޖުލައި 12 ގައެވެ. އަދި އެ މަސައްކަތް 15 ކުރިން ނިންމަން ވެސް އެންގި އެވެ. ސަރުކާރުގެ އެ އެންގުންތަކުގެ ލިޔެކިއުންތައް ”ސަންގު“ އަށް ވެސް ލިބިފައިވާއިރު، އޭގައި ޕާކު ނުކުރެވޭ ގޮތަށް ހަދަން ބޭނުންވާ ސަރަހައްދުގެ ޗާޓެއް ހިމަނާފައި ވެއެވެ.

ޗާޓުން އެނގޭ ގޮތުން، ސަރުކާރުން ބޭނުންވަނީ ވެލާނާގެ އުތުރުގައި އޮންނަ މުޅި ޕާކިން ޒޯނު އެކީ ހުސްކުރާށެވެ. އަދި ހާއްސަ ބޭނުންތަކަށް ނޫން ގޮތަކަށް، އެ ސަރަހައްދުގައި ވެހިކަލްތަކަށް މަޑު ނުކުރެވޭނެކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެ ތަނުގައި ޖަހާފައިވާ ބޯޑުގައި ބުނެފައިވަނީ، ޓެކްސީތަކުން މީހުން ބޭލުވުމަށާއި، މުދާތައް އަރުވާ ބޭލުވުމަށް ނޫން ގޮތަކަށް އެ ޒޯން ބޭނުން ކުރުން މަނާވާނެ ކަމަށެވެ.

މި އެންގުމުގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ޕާކު ނުކުރެވޭ ގޮތް ހަދަން ބޭނުންވަނީ ސަލާމަތީ ސަބަބުތަކާއި ހުރެ ކަމަށެވެ.

އިންޑިއަން ހައިކޮމިޝަން ކުރިމަތީގައި ޕާކު ކުރުން މަނާކޮށް، ޒޯނު ނަގާފައިވާތީ އެކަމުގެ ފާޑުކިއުންތައް ސޯޝަލް މީޑިއާގައި ދަނީ އަމާޒުވަމުންނެވެ.

އިންޑިއަން ހައި ކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިތުރު ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތުތައް ލިބެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: