ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ދިވެހި، ފަސްގަނޑުން އެންމެ އިންޗިއެއް ބޭރު މީހުންނަށް ދިނުމަށް ތާއީދު ނުކުރާނެކަމަށާއި، އަދި ބޭރުގެ ސިފައިންނަށްވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތިބުމަށް ތާއީދުނުކުރާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ގޮތުން ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ ޖުޑީޝަރީ މިނިވަންކޮށް، ޖޭއެސްސީއަކީ ވަކި މީހެއްގެ ނުވަތަ ބަކި ބައެއްގެ ކޮންޓްރޯލްގައި އޮންނަ ތަނަކަށް ނުވުންކަމަށެވެ. ރާއްޖޭގެ އަދުލު އިންސާފަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި، އެކަން އެމްއެންޕީން ކުރާނެކަމަށެވެ. މިއާއިއެކު ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ޖެހުމާއި، އަސާސީ ގިނަ ކަންކަމަށް ދިވެހި ރައްޔިތުން ތާއަބަދު ސަރުކާރުގައި ސަލާންޖަހަން ޖެހޭ ޖެހުންވެސް ނިމުމަކަށް ގެންނާނެކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމާއި މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސް ޖެހުމެއް ނެތި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް ފާޅުގައި ނުކުންނާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭނެ ގޮތް ހެދުމަކީ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: