ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުލުމާލޭ 7000 ފުލެޓަކީ ވަގުތީ ބޯހިޔާވަހި ކަމެއް: ބޮންޑެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މެންބަރ އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކޮށްފައިވާ 7000 ފުލެޓަކީ ވަގުތީ ބޯހިޔާވަހި ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވީ ބޯހިޔާވަހި ކަމުގެ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަތަކަކަށް އިޝާރާތް ކުރައްވައެވެ.  އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދައުލަތުން ބޮޑު ދަރަންޏެއް ނުއުފުލައި ބޯހިޔާވެހިކަން ކަށަވަރު ކުރެވޭނެ ގޮތަކީ މާލޭގެ މީހުންނަށް ގޯތި ދީގެން ކަމަށާއި އެކަން ހާސިލު ވަންދެން މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެ ކަމަށެވެ.

އބޮންޑެ ވިދާޅުވެފައި ވަނީ ގޯތި ދޭން އިއުލާނު ކުރާ ދުވަހު މާލޭ ހަތަރު އަވަށު ރައްޔިތުންނުކުމެ 2 ރައީސުން ކަރުގައި މާފަތިއަޅުވާނެކަން އެއީ ޔަގީންކަމެއް ކަމަށެވެ. އަދި ދިރިއުޅުމަށް ކަމުނުދާ ހުލުމާލޭ 7000 ފުލެޓަކީ ވަގުތީ ބޯހިޔާވަހި ކަމެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ހިޔާ ފްލެޓަކީ ވަގުތީ ބޯހިޔާވަހި ކަމެއްގެ ގޮތުގައި ބޮންޑޭ ސިފަ ކުރެއްވިއިރު ހިޔާ ފްލެޓްތަކަކީ ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށް ބުނެ ޖަރީމާ ހިންގާފައިވާ މީހުންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ހުށަހަޅާފައެވެ. ގަރާރަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ހިޔާ ފްލެޓުތަކުން ބޮޑެތި ވައްކަންތައް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފްލެޓުތަކުގެ ތެރެއިން 1000 ފްލެޓު ގެއްލިފައިވާ ކަމަށާއި ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތަކުގެ ސަބަބުން މިހާރު ފްލެޓުތްތަކުގައި ދިރިއުޅެމުންދާ އާންމުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ އާންމުންނަށް ދިމާވެފައިވާ ނިކަމެތި ހާލަކީ އެކަމުގެ ސަބަބުން ދިމާވެފައިވާކަމެއްކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ.

އެގޮތުން، ހިޔާ ފްލެޓް އެޅީ ފާޑު ކިޔާ މީހުންނާއި މުއްސަނދިންނަށް ނޫންކަމަށް ވިދާޅުވެ ހިޔާ މަޝްރޫއުއަށް ފާޑުކިޔާ ފަރާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައި ވިދާޅުވެފައި ވަނީ، އުސް އިމާރާތްތަކެއް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން އަޅަން ޖެހުނު 1 ސަބަބަކީ ރާއްޖޭގެ ބިން ކުޑަވުމާއި ބިން ހިއްކަން ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ބިން ހިއްކާނެ ޖާގަ ވެސް ނެތުމުން ކަމަށެވެ. އަދި އުސް އިމާރާތްތަކާއި ގުޅޭ ގޮތުން ދައްކާ ވާހަކައަކީ ކޮންމެ މީހަކުވެސް އަމިއްލަ ހިޔާލަށް ދައްކާ ވާހަކައެއް ކަމަށާއި ”އެއީ ދޮށީ ކުކުޅުތޯ ބިސްތޯ ދައްކާ ކަހަލަ ވާހަކައެއް“ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެގޮތުން، އާރްސީސީގެ ”ދި ބްލޫ ހޭވަން ރެޒިޑެންސީސް“ އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ބޯހިޔާވަހިކަމުގެ މައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ އެކި ފަންތީގެ 17،000 ދިރިއުޅެމުންދާ ކަމަށެވެ. އަދި އޭގެ ތެރޭގައި ނިކަމެތިންނާއި، މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިން ހިމެނޭއިރު، ކުރިން ހައުސިން ޕްރޮޖެކްޓުތައް ހިންގީ އެކަމަށް ވިސްނައިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ސަރުކާރުން އަމިއްލަ ޑިވެލޮޕަރުންނާ ހަވާލުކޮށްގެން ހިންގި ގިނަ މަޝްރޫއުތައް ހިންގީ އެއް އަގެއްގައި ވިއްކާ ގޮތަށް، 1 ފަރުމާއަކަށް ހުންނަ، އެއް ބާވަތެއްގެ އެޕާޓުމަންޓުތަކެއް އިމާރާތްކުރާ ގޮތަށް އެއްބަސްވެވިގެންނެވެ. މީގެ ތެރެއިން ސަރުކާރުން ހިންގި ސޯޝަލް ހައުސިން ޕްރޮޖެކްޓުތައް ފިޔަވާ ބާކީ ހުރި ޕްރޮޖެކްޓުތަކަކީ ތަނަވަސް އާއިލާތަކަށް އެކަނި އަމާޒުކޮށްގެން ހިންގި ޕްރޮޖެކްޓުތަކެކެވެ.

ހަމައެހެންމެ، އިދިކޮޅު ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އަޅަމުންދާ ހިޔާ ފްލެޓްތަކަށް ކުރި ޒިޔާރަތަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ،ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ފްލެޓްތަކާއި ގުޅުވައިގެން ސަރުކާރުގެ ފަރާތުން ދޮގު ހަދާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނާއި، ރައްޔިތުންގެ ފަރާތުން ކޯލިޝަނަށް ލިބެމުންދާ ޝަކުވާތަކުގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ޙިއްސާ ކުރަމުން ގެންދާތީ، ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ކޯލިޝަންގެ ލީޑާޝިޕުން ފްލެޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: