ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިއާ އައުޓް“ ކެމްޕެއިން، އެމްޓީޑީ އިން ވެސް ކުށްވެރިކޮށްފި

ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ”އިންޑިއާ އައުޓް“ ކެމްޕޭން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް(އެމްޓީޑީން) އިން ވެސް ކުށްވެރިކޮށްފިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ އެމްޓީޑީން ވެސް ވަނީ ”އިންޑިއާ އައުޓް“ ކެމްޕޭން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެމްޓީޑީން ނެރުނު ބަޔާނުގައި، ”އިންޑިއާ އައުޓް“ ހަރަކާތް ސިފަކޮށްފައި ވަނީ ”އިންޑިއާގެ އެއް ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ހިންގަވާ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއް“ ގޮތުގައެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެ ބަޔާނުގައި ވަނީ، އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ދިވެހި ރައްޔިތުންނަށް އެއްވެސް އުއްމީދެއް ނުދެވޭ ކަމަށެވެ.

އޭގެ ބަދަލުގައި ރައީސް ޔާމީން ގެންގުޅުއްވަނީ ”ނަފުރަތު އުފެއްދުމާއި ބަދަލުހިފުމުން ފުރިގެންވާ“ އެޖެންޑާއެއް ކަމަށެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދުނާމާއެއްގައި ވެސް އޮންނާނީ އެފަދަ އެޖެންޑާއެއް ކަމުގައެވެ.

”ރައީސް ޔާމީންގެ މަގްސަދަކީ އިންޑިއާއާ މެދު ނަފުރަތު އުފައްދައި، އަމިއްލަފުޅަށް ކުރެއްވި ކަންކަން މަތި ޖަހައި، ކޮވިޑްގެ މި ދަތި ހާލުގައި ރާއްޖޭން ބޭރުން ރާއްޖެއަށް ލިބެމުންދާ ދީލަތި އެހީތަކާއި ފޮރިން އިންވެސްޓްމަންޓްތައް ހުއްޓާލުމެވެ.“ އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީނަށް ”ހަޖަމު ނުވިޔަސް“ އިންޑިއާއިން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެމުންދާ އެހީތައް މެދުވެރިކޮށް ރާއްޖެ ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: