ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހިޔާގައި ރޯވި މައްސަލަތައް ފުލުހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ތެރޜ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ޗިލްޑްރެން އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އެ އޮފީހުން ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އެތަހުގީގަށް ފާހަގަވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ބައިތިއްވާ އޯލްޓަނޭޓިވް ކެއާ ފެސިލިޓީތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމް ގާއިމްކުރެވިފައެއް ނެތެވެ. 

އެފަދަ އާލާތްތައް ނެތުމުން އެކުދިން އެތަނުގައި ބޭއްތިއްބުން އެކަށީގެންނުވާ ކަމަށް އެ އޮފީހުން އެންގި ނަމަވެސް އެކަމަށް އިޖާބަދީފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަކު އޭގެ ފަހުން ވެސް އެއްވެސް ކަމެއް ހަރުދަނާނުކޮށް އެތަނުގައި ކުދިން ގެންގުޅެމުން ދިޔަ ކަމަށާއި، ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް ހިނގަމުން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން މިދިޔަ އަހަރުގެ މޭ މަހުގެ ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ޖޫން ހަވަނަ ދުވަހުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ހިޔާގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރެވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިހުމަށް އެދި މައްސަލަ ފުލުހަށް ހުށަހަޅައިފައިވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: