ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީ އަދި ދިރާގު ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ހިދުމަތް ކުރެންދޫއަށް

ދިރާގުގެ ބައެއް ހިދުމަތްތައް ކުރެންދޫއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ޓީވީ އަދި ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ޙިދުމަތް ޅ. ކުރެންދޫގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ކުރިޔަށް ގެންދެވޭ މަޝްރޫއެކެވެ.

ދިރާގު ފައިބަރ ބްރޯޑްބްރޭންޑް ޕެކޭޖްއަކީ، އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖެއް އިހްތިޔާރު ކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަދި މި ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން އެކަމަށް ބެނުންވާ ރައުޓަރވެސް ހިލޭ ލިބިގެންދާނެއެވެ.

ދިރާގުން ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް މި ހިދުމަތްވަނީ ފޯރުކޮށްދީފައެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކަށްވާއިރު، 100 ވުރެ ގިނަ ޗެނަލް ގެނެސްދޭ ދިރާގު ޓީވީއަކީ އައިޕީޓީގެ ޙިދުމަތް އެންމެ ފުރަތަމަ ލިބޭ ޓީވީ އަކަށް ދިރާގު ޗެނަލްވަނީ ވެފައެވެ. ކޮލިޓީ އާއި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް މި ޚިދުމަތް ފޯރުކޮށްދީފައިއެވެ.

ކަސްޓަމަރުންނާއި ގާތް ގުޅުމެއް އޮންނަ ދިރާގުން ބަލަނީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުންކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް ކުރިއަށް ގެންދާނެކަން އެކުންފުނިން ހާމަކުރިއެވެ.

ކުރެންދޫ ރައްޔިތުންނަށް ތައާރަފްކުރެވުނު މި ޚިދުމަތްތާއެކު ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް މިޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ކުރެންދޫގެ ރައްޔިތުންނަށް  މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: