ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ!

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތ ތިމަރަފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ފައިނަލް ކުއާޓާގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް 28 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީގެ ބަނދަރުގެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުންކަމާއި މެދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާ އަސްލަމް ވިދާޅުވީ އެރަށުގެ ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އަދި މަސައްކަތް މިއަހަރުގެ ފައިނަލް ކުއާޓާގެ ތެރޭގައި ފެށިގެން ދާނެކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާ އިތުރަށް ފާހަގަ ކުރެއްވީ ހަމަ މިފަދައިން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވިދާޅުވެފައިވާނެކަމަށެވެ.

ތިމަރަފުށީގެ ބަނދަރު ތަރައްގީ ކުރުމަކީ މިއަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގައި ހިމަނާފައިވާ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ރަށްތަކުގައިވާ ބަދަރުތައް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވައުދަކަށް ވާއިރު މި މަސައްކަތް ކުރިއަށްދަނީ އެމްޓީސީސީ އާއި ހަވާލުކުރެވިގެންނެވެ. މިގޮތުން އަތޮޅުތެރޭގެ ގިނަ ބަނދަރުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ދާއިރު ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަށްވެސް ވަނީ ފެށިފައެވެ. އަދި ހަމަ މިއާއިއެކު ރަށްތަކުގައިވާ އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމުގައި ފާހަގަ ކޮށްލެވެއެވެ.

މިގޮތުން ހަންޏާމީދުގެ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމެންޓްވެސް ވަނީ ގެންގޮސްފައިކަމަށާއި އެބަދަރުގެ 77 އިންސައްތަ ވަނީ މިހާރު ނިމިފައިކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: