ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. ވިލިނގިލީގެ ބަނދަރުގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ

ގއ. ވިލިނގިލީގައި ތަރައްގީ ކުރަންފެށުނު ބަނދަރުގެ ބަނދަރުގެ މަސައްކަތް: ފޮޓޯ އެމްޓިސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި ތަރައްގީ ކުރަންފެށުނު ބަނދަރުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސިސީން ބުނީ ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި)ގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި، މިހާރު ކުރިއަށް ދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މަސައްކަތުގެ 75 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓިސީސީން ބުނެފައިވެއެވެ.

ގއ. ވިލިނގިލީގައި ތަރައްގީ ކުރަންފެށުނު ބަނދަރުގެ ފޮޓޯ/އެމްޓިސީސީ

އެގޮތުން ބަނދަރުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، ނަމަވެސް އަދިވެސް އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެއްގަމު ތޮށީގެ މަސައްކަތުގެ 89 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީީން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: