ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް އަންނަ ހަފްތާއަށް ނިންމާލަނީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު އެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ތެރެއިން ތަނބުތަކުގެ ރެއިންފޯސްމަންޓް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށް ދާއިރު، ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މަޝްރޫއުގެ މަސައްކަތް ނިމުމުން ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ޖެޓީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިފަސޭހަތަކެއް ލިބޭނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

އެގޮތުން، ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާއި ޖެޓީއާއި ކައިރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ.

މާލޭގެ އުތުރު ފަރާތު ތޮއްޖެހުން ކުޑަކޮށް، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިންގާ މި މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރަށް ފިންގަރ ޖެޓީތައް ތަރައްގީކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: