ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޓީސީސީގެ 2025 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މަގާމަށް ކުރިމަތިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އެމްޓީސީސީގެ ބޯޑުގައި ތިއްބަވަނީ ސަރުކާރު ތަމްސީލުކުރައްވާ ފަސް ޑިރެކްޓަރުން އަދި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ދެ ޑިރެކްޓަރުންނެވެ. މިހާރު ހުޅުވާލާފައިވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ދެ މަގާމުގެ ތެރެއިން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށެވެ.

އެ މަގާމަށް ޝަރުތުހަމަވާ މީހުން މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި ޑިރެކްޓަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މައުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާންމުކުރާނެއެވެ. އެ ދެ މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ އެމްޓީސީސީގެ މި އަހަރުގެ ހާއްސަ އާންމު ޖަލްސާގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ބޯޑުގައި އެންމެ ފަހުން އާންމު ހިއްސާދާރުން ތަމްސީލުކުރެއްވި ދެ ޑިރެކްޓަރުންނަކީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: