ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ވާދޫގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދވާދޫގައި ސަރުކާރުން ޤާއިމް ކުރައްވާ ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން ބުނީ އެކަމަށްޓަކައި އިއްޔެ ވާދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތްފައްޓަވައި ދެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ކަމަށެވެ. އެ ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ހަތަރު މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށްކަނެކްޝަން ދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެއީ އެމްޑަބްލިއުއެސް.ސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ފެނުގެ ނިޒާމް ޤާއިމްކޮށް ނިމުމާއެކު، އެރަށުގައި ގޭގޭގައި ޑިސްޕެންސަރ ބަހައްޓައިގެން ބޭނުންކުރެވޭގޮތަށް 18 ލިޓަރ ފުޅީގައި ފެންބަންދުކޮށް ފޯރުކޮށްދޭން ފެނަކައިން ފަށާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: