ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދިއްޕޮޅުގައި ތެލުގެ ބަންކަރެއް ހަދަނީ!

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދޭން ފަށާނެ ކަމަށް އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ، ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެތަނުގެ ތެލުގެ ސްޓޯރޭޖެއް ހަދައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ދިނުން ކަމަށް އަމްރު ވިދާޅުވި އެވެ. އަދި މިއީ ރާއްޖެ އަށް ބޭނުންވާ ތެލުގެ އަގު ހެޔޮވާނެ ކަމެއް ކަމަށް ވެސް އަމްރު ކުރިން ވިދާޅުވެފައިވެ އެވެ.

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިކަމުގައިވާތީ، މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނުކަމުގައި ފާހަގަކުރެއްވިއެވެ.

މިކަން ކުރުމުގެ މަސައްކަތް ކުރާ އިރު ރާއްޖޭގެ ރަށްތަކަށް ގޭސް ގެންދިއުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް މިހާރު ގޭސް ގެންދަނީ ތިލަފުށިން ކަމަށެވެ.

”ތިލަފުށިން ފިލް ކޮށްގެން ރަށްރަށަށް ތެޔޮ ފުޅި މި ގެންދަނީ. ގެންދާއިރު ވަރަށް ގިނަ މައްސަލަތައް ދިމާވޭ. ފުރަތަމަ މައްސަލައަކީ ގެންދާއިރު 10 ކިލޯ ގޭސް އިނދޭ އަށް ކިލޯއަށް ބަދަލުވެފައި، ހަތް ކިލޯއަށް ބަދަލުވެފައި،“

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ޖުމްލަކޮށް ހިއްސާދާރުންގެ މައިގަނޑު ސުވާލަކަށް ވީ ހުޅުމާލޭގައި ހުރި ކުންފުނީގެ ސިޓީ ކޮޓަލާއި ގުޅޭގޮތުންނެވެ. މީގެ ކުރިން ވެސް ދެއްވި ޖަވާބު ތަކުރާރު ކުރައްވައި އަމްރު ވިދާޅުވީ ކޮވިޑުގެ ތެރޭގައި މަސަައްކަތަށް އިންވެސްޓު ކުރުމަށް ބައެއް ކުންފުނިން ބޭނުން ނުވީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: