ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރި ބޮޑުވާއިރު، ސަރުކާރުން ތިބީ ކުޅިބަލަން: އުމަރު ނަސީރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރި ބޮޑުވާއިރު، ސަރުކާރުން ތިބީ ކުޅިބަލަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކް ޕޯސްޓެއްގައި އުމަރު ހިއްސާކުރައްވާފައިވާ ގޮތުގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި، ރޭޕް ގިނަވުމާއި ހަށި ވިއްކުމާއި ކުޑަކުދިންނާ މެދު ބަދުއަހްލާގީ އަމަލު ހިންގުން ފަދަ ކަންކަން ދަނީ އާއްމު ވަަމުން ކަމަށެވެ.

ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި އެކަން ފެތުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ ޖަމާއަތްތައްވެސް ހިމެނޭ ކަމަށް އުމަރު ތުހުމަތު ކުރައްވާފައިވެއެވެ.

އުމަރުގެ ވާހަކައިގައި ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމަކުން ޤަބޫލުކުރާ ދީނީ އަދި އަޚުލާގީ މިންގަޑުތަކެއް ހުންނާނެ ކަމަށާއި އެމިންގަޑުތައް ދިފާޢު ކޮށް، އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ޤައުމަކުން ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެެއެވެ.

ރާއްޖޭގައި ގާއިމް ކޮށްފަ ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ ފަރާތަކުން މިފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ވާނެއެވެ ކަމަށާއި  އެ މީހަކު ފޮނުވާލަންވާނެ ކަމުގައ އުމަރު ވިދާޅުވިއެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ، ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެކަމަށާއި  އެކަން ކުރީ ޝާހީ އާއިލާ އަކުން ވިޔަސް އެކަން އެގޮތަށް ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

އުމަރު އެހެން ވިދާޚުވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ބްލެކްމެއިލް ކޮށްފައިވާ މައްސަލައެއް ބަލަމުންދާކަމުގެ އިތުރުން ފުލުހުންވަނީ، އާންމުވެފައިވާ އެއްޖިންޖުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯއާއި މެދުވެސް އެ މުއައްސަސާގެ ބަޔާން ދީފައެވެ. ފުލުހުން ބުނެފައިވާ ގޮތުން، ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގުތައްވަނީ ފެށިފައިކަމަށާއި، ތަހުގީގުގެ ތެރެއިން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ފުލުހުންގެ މުއައްސަސާއިން ބަލަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަ ފަރާތަކީ، ރައީސް ނަޝީދުގެ ކޮއްކޯފުލު، ލޯޔަރު ނާޒިމް ސައްތާރު ކަމަށް، އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައިއެވެ. އަދި އެ މައްސަލަ ބަލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: