ލިވާތު ކުޅިވަރަށް ތާއީދު ކުރުމާއި ދިފާއު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން، އަލަމްގީރު ކިޔާ ބަންގްލަދޭޝް ފިރިހެނަކާއި އެކު، އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ހާމަވެފައިވާ ދަނޑިވަޅެއްގައި، ނުރުހުން ފާޅުކުރައްވާ، ނިހާދު ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށާއި، އެފަދަ އަމަލުތަކަށް ތާއީދު ކުރުމަކީ، ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
އަލަމްގީރު އާއި އެކު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ލޯޔަރު ނާޒިމް ސައްތާރު ހައްޔަރު ކުރެވުމާއި އެކު، ރައީސް ނަޝީދު އެކަމާއި ނުރުހުން ފާޅުކުރައްވާ، ސަރުކާރުން އެކަން ކޮށްފައިވަނީ ޓާގެޓުކޮށްގެންކަމަށް ދޭހަވާ މޭރުކަމުން، ތުހުމަތުތަކެއް ކުރައްވާފައިވަނިކޮށް، ނިހާދު ވިދާޅުވީ، ލިވާތު ކުޅިވަރު ދިފާއު ކުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
Liwaathu kulhiVarah thaaeedh kurumaai dhifaau kurumakee balai ganeveyne kameh noon!
— Feydhoo Meehaa (Mohamed Nihad) (@nihad_m) August 7, 2022
President @ibusolih's administration has arrested my brother selectively accusing him of homosexuality. Arrest was made against criminal procedures & is politically motivated to appease Hardline Extremists in coalition.
— Mohamed Nasheed (@MohamedNasheed) July 28, 2022
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން، ނުރުހުން ފާޅުކުރައްވާ އެ މަނިކުފާނު ސަރުކާރަށް ކުރެއްވި ތުހުމަތު ތަކުގެ ތެރޭގައި، ގާނޫނާއި ހިލާފަށް ނާޒިމް ސައްތާރު ހައްޔަރު ކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ރައީސް ސާލިހު އެކަން ކުރެއްވީ، ސަރުކާރުގެ ތެރޭގައި ތިބި ސިޔާސީ ގޮތުން ބާރުގަދަ، ހަރުކަށި ފިކުރުގެ މީހުންތަކެއް ރުއްސުމަށެވެ.
ރައީސް ނަޝީދުގެއް ކޮއްކޮ، ނާޒިމް ސައްތާރުގެ އިތުރުން އެއްޖިންސުން ގުޅުހުން ހިންގި މައްސަލައިގައި އިތުރު ބަޔަކުވެސް ހައްޔަރު ކުރެވުނެވެ. އެގޮތުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު، ނޫސްވެރިއަކު އަދި ފުލުހަކުވެސް ހިމެނެއެވެ.
ނާޒިމް ސައްތާރު ހައްޔަރު ކުރެވުމަށްފަހު، އިތުރު ބަޔަކުވެސް އެފަދަ އަމަލުތަކެއް ހިންގަނިކޮށް، ފެނިގެންދާ ވީޑިއޯތަކެއް ލީކުވެފައިވެއެވެ. އެކަމާއި ގުޅިގެން، ޓީޗަރަކާއި، ހޯމް މިނިސްޓްރީގެ މުއައްޒިފެއްވެސް ސަސްޕެންޑު ކުރެވިފައިވެއެވެ. އަދި ކަސްޓަމްސްގެ މުއައްޒިފުންތަކެއްވެސް ސަސްޕެންޑު ކުރެވިފައިވެއެވެ.

