ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ”މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022“ ބާއްވަނީ!

"މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022": ފޮޓޯ/ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ 3 ވަނަ ”މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022“ ބޭއްވުމަށް ރެޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިވެންޓު ލޯންޗުކުރުމަށް ދިރާގު ހެޑު އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދިރާގުގެ އެސިސްޓަންޓު މެނޭޖަރު ބްރޭޑް ނާޔާ ޝަރީފް ވިދާޅުވީ، ހަރަކާތް ކުރިއަށް ގެންދިއުމަށް ޑިވެލޮޕްމެންޓު ޕާޓްނަރެއް ގޮތަށް ބައިކް މޯލްޑިވްސްއަށް އެއްބާރުލުން ދެވުމަކީ، އެ ކުންފުންޏަށް ލިބިގެންދާ ބޮޑު އުފަލެއްކަމަަށެވެ.

ނާޔާ ވިދާޅުވީ، މި ފަދަ ޓޯނަމެންޓުތަކުން ސުކޫލު ކުދިންގެ މެދުގައި ބައިސްކަލު ދުއްވުމަށް ޝައުގުވެރިކަން އާލާކޮށް އިތުރު ކުރެވި، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓިނިވި ދިރިއުޅުމެއްގެ މުހިންމުކަން ކުދިންނަށް އިންގިގެންދާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެެވެ.

”މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022“ ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ސައިކްލިންގް ޓްރެކުގައެވެ. މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ސުކޫލުތަކަކަށް ފުރުސަތު ހުޅުވިފައިވާއިރު، ރެޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ، ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތައް ގޫގުލް ފޯރމު ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ސުކޫލު ކުދިންނަށް ފޯރމުތައް ފޯރުކޮށްދޭނީ، އެ ކުއްޖެއްގެ ސުކޫލަކުންނެވެ. އަދި ދިރާގައި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުންވެސް މި ފޯރމުތައް ލިބެން ހުންނާނެއެވެ.

”މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022“ ގައި ކުރިއަށް ގެންދާ 10 އިވެންޓަކީ:

  • 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 3000 މީޓަރުގެ ޓީމް ޕާރސޫޓް

1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެކަމަށް ދިރާގުން ބުނެފައިވެއެވެ. ދިރާގާއި، ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި އިވެންޓަކީ 2020 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމުމަށްފަހު، ކޮވިޑް 19ގެ ސަބަބުން، ފަސް ކުރެވިފައިވާ މުބާރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: