އިސްލާމިކް މިނިސްޓްރީން ފާސްކޮށް ފޮނުވާފައިވާ ހުތުބާ އައްޑޫ ބަހުރުވައަށް ބަދަލުކޮށް އުނި އިތުރު ގެނައި މައްސަލާގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ވިސްނުންފުޅު ތަފާތުކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން އެ މިސްކިތުގެ މުދިމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ. ނުސީދާ ގޮތެއްގައި މިކަމުގެ ދިުފާޢޫގައި ނުކުމެވަޑާއިގެން ޔުމްނާ ވިދާޅުވީ ދިބވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާޞުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ހިމެނޭކަމަށާއި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ، ދިވެހި ބަހުގެ ބަހުރުވަތައްވެސް ރައްކާތެރިކޯށް ކުރިއަރުވައިގެން ކަމަށެވެ.
ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ވެސް ހިމެނެއެވެ. ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެންނެވެ. ބަހުރުވަތަކުން މުޢާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެންނެވެ.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) September 7, 2022
އެކި ބަހުރުވަތަކުން ޚުތުބާ ކިޔުމަށް ފުރުޞަތު ދޭންޖެހޭނެކަމަށް ދޭހަވާފަދަ މޭރުމަކުން ޓުވީޓުކުރައްވާ ޔުމްނާ ވިދާޅުވީ، ބަހުރުވަތަކުން މުޢާމަލާތުކުރުމުގެ ފުރުޞަތުތައްވެސް ތަނަވަސް ކޮށްދޭން ޖެހޭކަމަށެވެ.
ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ވެސް ހިމެނެއެވެ. ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެންނެވެ. ބަހުރުވަތަކުން މުޢާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެންނެވެ.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) September 7, 2022
މީގެއިތުރުން، ބަހުރުވައަކީ އެ ބަހަކުން ވާޙަކަދައްކާ ރަށެއް ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާ ގުޅި ލާމެހިފައި އޮންނަ އެއްޗެއް ކަމަށާއި އެއީ އެ އަތޮޅެއްގެ ނުވަތަ ރަށެއްގެ މައުނަވީ ތަރިކައެއްގެ ގޮތުގައިވެސް މިނިސްޓަރިުގެ ޓުވީޓުގައި ސިފަކުރައްވާފައިވެެއެވެ.

