ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫބަހުން ޚުތުބާ ކިޔުމަކީ އައްޑޫ މީހުންނަށް ލިބިގެންވާ ހައްޤެއް: ފާރިސް

މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ބަހުން ހުތުބާ އިއްވައި ހެދުމަކީ އައްޑޫ މީހުންގެ ހައްގެއް ކަމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން މުދިމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ.

ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ބަަހުރުވައިން، އައްޑޫ ލާއި ރަސްމީ މުއާމާލާތް ކޮށް ހުތުބާ އިއްވައި ހެދުމަކީ އައްޑޫ މީހުންގެ ހައްގެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ސަރުކާރުން ބުނެފައި ވަނީ މައްސަލައަކީ އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުން ނޫން ކަމަށާއި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ އުސޫލާ ޚިލާފުވާގޮތައް ޚުތުބާއަށް އުނި އިތުރު ގެނެސްގެން ކިޔުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: