ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ އަކީ ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ނޭނގޭ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސިފަކުރައްވައިފިއެވެ.
ދާދި ފަހުން ލ އަތޮޅުގައި ކުރިއަށް ގެންދިޔަ ވިޔަވަތި ކޮންފަރެންސްގައި، ރައީސް ސާލިހަކީ، މަޝްވަރާ ކުރައްވާ ބޭފުޅެއްކަމަށް ސިފަކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވާހަކަތަކެއް ދައްކަވާފައެވެ. އަދި އެކި ފަރާތްތަކުގެ ނުރުހުމާއު ފާޑުކިޔުންތައް އަމާޒުވުމާއި އެކު އިމްރާންވަނި ޓްވިޓަރ މެދުވެރިކޮށް އެވާހަކަތައް ތަކުރާރު ކުރައްވާ، ރައީސް ސާލިހާއި ރައީސް ޔާމީންގެ ދެމެދު ހުރި އެންމެ ބޮޑު އެއް ތަފާތަކީ، މަޝްވަރާ ކުރުމާއި ނުކުރުންކަމަށް ސިފަކުރައްވާފައެވެ.
އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ އާދަމް ޝަރީފްވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިޔަވަތި ކޮންފަރެންސައް ނުގެންދަވަނީ، މަޝްވަރާ ކުރައްވާވަރުންތޯ ސުވާލުކުރައްވާފައެވެ.
ރައީސް ނަޝީދުގެ ބައިވެރިވުން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ގައުމީ ބައްދަލުވުމުގައި ނެތްކަމަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފްވަނީ، ރައީސް ސާލިހާއި އެކު ކޯލިޝަން ހެއްދެވުމާއި ކޯލިޝަންއެއް ނެތުމާއި އެއް ފަދަ ކަމަށް ދޭހަވާ މޭރުމަކުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާކަން ފާހަގަކުރައްވާ، އެފަދަ ވާހަކައެއް ގާސިމްގެ ފަރާތުން އިވިގެންދިޔައީ ރައީސް ސާލިހު އެކި ކަންކަމުގައި މަޝްވަރާ ކުރައްވާތީ ތޯ ސުވާލުކުރައްވާފައެވެ.
ރައީސް ސާލިހަކީ، މަޝްވަރާ ކުރައްވާ ބޭފުޅެއްކަމަށް ދެކެވިފައިވާ ވާހަކަތަކައް އިޝާރާތްކުރައްވާ އެމަނިކުފާނަށް ފާޑުކިޔުންތަކެއް އަމާޒުކުރެއްވި އާދަމް ޝަރީފްވަނީ އެނާ ކުރެއްވި ޓްވީޓާއި އެކު އިނގިރޭސި ހަރުބަހެއް ހިމަނުއްވާ ޝައިހު އިމްރާނަކީ، އެއްވެސް ކަމެއްގެ ހަގީގަތް އިނގޭނެ ހިސާބެއްގައި ހުންނެވީ ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.
Baeh beyfulhunnah gaboolufulhu kurahvan kithanme dhathifulhuviyas @ibusolih ge kibaigai mashvara kurumuge akhlaaq hurivara gaathahves @prz_ymn kibaigai e aklaaq neiykamee e dhebeyfulhun rangalhah dhenevadaigannava enmen dhanna haqeegathekeve.
— Imran Abdulla (@ShimranAb) September 14, 2022
Mashvaraa kuravvaavarunthoa
ViyavathiRaajje workshop ah @MohamedNasheed nugendhavanee? Mashvaraa kuravvaavarunthoa Hon Qasim vidhaalhuvanee coalition nethumekey ehfadhakamah?
"A frog in the well knows nothing of the mighty ocean".https://t.co/AO7OaLmFOM https://t.co/yRjmTFpGWc pic.twitter.com/F1JOyYMAzC— Adam Shareef Umar (@Adamshareefz) September 14, 2022
ވަޅެއްގައި އިން ބޮކަކަށް ކަނޑުގައި ހިންގާ ކަންކަމެއް ނޭގޭނެކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ލ އަތޮޅުގެ ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވެފައިނުވާކަމަށް ފާހަގަކުރައްވާފައިވާއިރު، ލ އަތޮޅު ކޮންފަރެންސްގެ ކުރިން އުކުޅަހުގައި ކުރިއަށް ގެންދިޔަ ވިޔަވަތި ކޮންފަރެންސްގައިވެސް ރައީސް ނަޝީދު ބައިވެރިވެފައިނުވާކަން ފާހަގަކުރެވެއެވެ.

