ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސުރުގައި ބާއްވާ ބަޑިޖެހުމުގެ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ

ޝޫޓިން ޓީމާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ”އިންޓަރނޭޝަނަލް ސޫޓިންގް ސްޕޯޓްސް ފެޑެރޭޝަން ވޯލްޑް ޗެމްޕިއަންޝިޕް“ ގައި ބައިވެރިވާ ޓީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.

މިރުސުގެ ކައިރޯގައި އޮކްޓޯބަރު މަހުގެ 12 އިން ފެށިގެން 25 ވަނަ ދުވަހު ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕުގައި ބައިވެރިވަނީ ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ޓީމެކެވެ.

2022 ވަނަ އަހަރުގެ އައިއެސްއެސްއެފް ވޯލްޑް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ މެޑަލްތައް ކާމިޔާބު ކޮށްފައިވަނީ އިންޑީއާއެވެ. އެގައުމުން ޖުމުލަ ހަތް މެޑަލްއެއް ކާމިޔާބުކޮށްފައިވާއިރު ހަ މެޑަލް އާއި އެކު ދެވަނަ އަށް ގޮސްފައިވަނީ ނޯރވޭއެވެ. އަދި ތިންވަނަ ކާމިޔާބުކޮށްފައިވަނީ ފްރާންސްއެވެ.

ރާއްޖޭގެ ޝޫޓިން ޓީމާއި އެކު ޑިފެންސް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު މާރިޔާ އަދި މޭޖަރ ޖެނެރަލް ޝަމާލްވެސް ވަނީ ދިވެހި ޓީމަށް ހިތްވަރުދެއްވައި ކުރިއަށް އޮތް މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެންފައިއެވެ.

މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މާރިޔާ ވަނީ ޝޫޓިން ޓީމަށް ކުރިމަތިވެފައިވާ ދަތިތައް އަޑުއައްސަވާފައެވެ. އަަދި އެ ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

އައިއެސްއެސްއެފްގައި ބައިވެރިވުމަށް ދިވެހި ޓީމުވަނީ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މިސްރަށް ފުރުމަށް ހަމަޖެހިފައެވެ. ޓީމުގައި ހިމެނެނީ ދެ ކޯޗުންނާއި ތިން ޝޫޓަރުންނެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވާ ޝޫޓަރުންނަކީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން (ސ.ނ 5909) އާއި، ލާންސް ކޯޕްރަލް ޒިޔާން ޒިޔާއު (ސ.ނ 7810) ގެ އިތުރުން ލާންސް ކޯޕްރަލް އާސިފާ ޖައުފަރު (ސ.ނ 6990) އެވެ.

ސްޓާފް ސާޖަންޓް ޝަރަފިއްޔާއާއި ލާންސް ކޯޕްރަލް އާސިފާ އެ މުބާރާތުގައި ވާދަކުރަނީ އަންހެނުންގެ 10 މީޓަރ އެއަރ ރައިފަލް އިވެންޓުގައި ކަމަށްވާއިރު ލާންސް ކޯޕްރަލް ޒިޔާން ބައިވެރިވަނީ 10 މީޓަރ އެއަރ ޕިސްޓަލް އިވެންޓުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: