އއ މާޅޮހުގެ ދެކުނުން ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޝަހީދުއަލީ އާއި ފާސްޓް އިންޓަސެޕްޓް ކްރާފްޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ގެއްލިގެން ހޯދަމުން ދަނީ ސ ހިތަދޫ މިންހާ މުހައްމަދު މިންހާޖުއެވެ. އުމުރުން 28 އަހަރުގެ މިންހާޖު ގެއްލުނު އިރު ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓާކާއި ނޫ ކުލައިގެ ޖިންސެއްކަމަށް އެންއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިންހާޖު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 339581. 339889 ނަމްބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސްކުރައްވާނަމަ 3391668 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

