ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާންގެ ޕާސްޕޯޓް ހިފަހައްޓައިފި

އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ރައީސް މުހައްމަދު ނަޝީދާއި އަލްހާން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަލްހާން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމާއި އޭގެ އިތުރު ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.

އަލްހާންގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ. އެއީ ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރީގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ.

ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި އަމުރު ވެސް ކޮށްފައިވެ އެވެ.

ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، 1،864 މީހެއްގެ އަތުން އަލްހާން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެކަމަކު، އެއީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުކުރާ ކަމެއް ކަމަށް ވާތީ، ކަމާ ބެހޭ އިދާރާތަކުން އެކަން މަނާކުރުމާ ގުޅިގެން، އެ ފައިސާ އިންވެސްޓަރުންނަށް ދިނުމަށް އޭނާ ވަނީ ނުކުޅެދިފަ އެވެ.

މިކަމާއި ގުޅިގެން އަލްހާން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވެފައި ވަނީ މިމައްސަލަ އަކީ މަނިޓަރީ އޮތޯރިޓީން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމް އަންގައިގެން ފުލުހުންގެ މުއައްސަސާ އަށް ވާނުވާ ނޭނގި އޮވެ ހިންގާ ތަހުގީގެއްކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ވިޔަފާރި ޤާނޫނާއި ޚިލާފަށް ހުއްޓުވިކަން ޝަރީޢަތަށް ސާބިތުވެފައިވާކަމަށްވެސް އަލްހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މީގެ ހަފްތާއެއް ކުރިންވެސް އަލްހާން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ތަންތާނގައި އޭނާގެ ވާހަކަތައް ނުދެއްލުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ބަދަލު ހޯދުމަށް ދައުވާކުރާނެކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: