ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމާއި އެކު، އެމެރިކާއިން ކަންބޮޑުވެއްޖެ

އެމެރިކާގެ ޓްރެޝަރީގެ ސެކެޓްރީ ޖޭން ޔެލެން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތެޔޮ އުފައްދާ ގައުމުތަކުގެ ބައިނަލްއަގުވާމީ ޖަމިިއްޔާ އޮޕެކް އިން ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ނިންމުމާއި ގުޅިގެން އެމެރިކާއިން އެ ނިންމުމަށް ފާޑުކިޔައިިފިއެވެ.

ތެޔޮ އުފައްދަމުންދާ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ މަދު ކުރުމަށް ނިންމާފައިވާކަން އޮޕެކްއިން ހާމަކޮށްފައިވާ ދަނޑިވަޅުގައި އެ ނިންމުމަށް ފާޑުކިޔުންތައް އަމާޒުކޮށް، އެމެރިކާގެ ޓްރެޝަރީގެ ސެކެޓްރީ ޖޭން ޔެލެން ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި ގެއްލުމުގެ އަސަރުތައް އެންމެ ގަދަޔަށް ފެނިގެންދާނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައިކަމަށް އެނާ ފާހަގަކުރައްވާފައިވެއެވެ.

ޖޭން ޔެލެން ވިދާޅުވެފައިވާގޮތުން، އޮޕެކްގެ ނިންމުމަކީ ފައިދާއެއް ނުވާ ހިކުމަތްތެރިކަމާއިވެސް ދެކޮޅު ވިސްނުމެކެވެ. އަދި މަދުކުރަން ނިންމި ނިންމުމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތައް ސީދާ ބުނެވެން ނެތް ނަމަވެސް އެނާއަށް ފެނިވަޑައިގަންނަ ގޮތުން މިހާރު ދުނިޔޭގެ ހާލަތު ހުރިގޮތުން އެއީ އެކަށީގެންވާ ކަމެއް ނޫންކަމަށްވުމުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮށްފާނެ އަސަރުތަކާއިމެދު ކަންބޮޑުވެލައްވާކަމަށް އެނާ ސިފަކުރެއްވިއެވެ.

ދުނިޔޭގައި ތެޔޮ އުފައްދަމުންދާ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ މަދު ކުރަން ނިންމާފައިވާނި ވެއްޓިފައިވާ ޑިމާންޑާއި އެކު، ތެލުގެ އަގަށްވެސް ހީނަރުކަމެއް އައުމުގެ ސަބަބުން އުފައްދަމުންދާ ގައުމުތަކަށާއި ކުންފުނިތަކަށް ވެފައިވާ ގެއްލުންތައް ފޫބެއްދުމުގެ ގޮތުންނާއި އަގު އެރުވުމުގެ ގޮތުންކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: