ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތަކުގެ 95 އިންސައްތަ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ: މިއުވާން

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެެރެެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވައުދުތަކުގެ މަޝްރޫއުތަކުގެ 95 އިންސައްތަ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސަރުކާރުގެ 95 ޕަސެންޓް ވައުދު ފުދިފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން ”ސަންގުން“ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުގެ ބޮޑުބައި ފެށިގެން ކުރިއަށް ދާ ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 95 ޕަސެންޓް މަޝްރޫއު ތަކުގެ މަސައްކަތް ނިމިފައި ނުވަތަ ފެށިގެން ކުރިއަށްދާ ކަމަކަށާއި ދައުރު ނިމެން އަދި ބާކީ އަހަރެއް އޮތް އިރު ބާކީ އޮތް ފަސްޕަސެންޓް ވެސް މާގިނަ ދުވަހެއްނުވެ ފެށިގެން ދާނެ ކަމަށާއި ބައެއް މަޝްރޫއު ތައް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށިގެން ދާނެކަމަށެވެ.

އަމީރު އެހެން ވިދާޅުވެފައިވާއިރު، މިސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށް ވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށިފައިވި ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމް ކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލް ތަކުގެ އަމަލީ މަސައްކަތް ފެށިފައިނުވާއިރު، ސަރުކާރުން ދާދިފަހުން ބުނެފައިވަނީ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އޭގެ ތެރޭގައި ސްކޭން ކުރުމާއި އެކްސްރޭގެ ހިދުމަތާއި ޑެންޓަލް އޯޕީޑީ އާއި ލެބޯޓްރީގެ ހިދުމަތް ތައާރަފްކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމަށް ސަރުކާރުން ވީ ވައުދުގެ ބޮޑުބައި ނުފުދިފައިވާ މި ދަނޑިވަޅުގައި މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެފައިވަނީ މާލޭ ރަށްވެހިންނަށް މާލެއިން ގޯތި ދޫކޮށް ގިރާވަރު ފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ގޯއްޗާއި ފްލެޓް ދޫކުރަން ކަމުގައެވެ. ނަމަވެސް މިއަދާ ހަމައަށް ގިރާވަރު ފަޅު ހިއްކިފައިނުވާއިރު ގުޅީފަޅުން ގޯތިދިނުމުގެ މަޝްރޫއު މިހާތަނަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: